Friday, February 17, 2012

އައްޑޫ ކައުންސިލް މެމްބަރަކު އަނެއްކާވެސް ހައްޔަރުކޮށްފި


އައްޑޫ ކައުންސިލް މެމްބަރަކު އަނެއްކާވެސް ހައްޔަރުކޮށްފި


   މި މަހުގެ އަށް ވަނަ ދުވަހުގެ ރޭ އައްޑޫގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، ފުލުހުންގެ ތަހުގީގަށް އައްޑޫ ސިޓީ ކައުންސިލްގެ ތިން މެމްބަރަކު ހައްޔަރުކޮށް، ގޭ ބަންދަށް ބަދަލުކޮށްފައި ވަނިކޮށް ތަހުގީގަށް އަނެއްކާވެސް އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރަކު ހައްޔަރުކޮށްފި އެވެ.
މިރޭ 30: 9 އެހާކަށްހާ އިރު ފުލުހުން ހައްޔަރުކޮށްފައި ވަނީ މީގެ ކުރިން ވެސް ކޯޓް އަމުރަކާ އެކު، ތަހުގީގަށް ހޯދަމުން ދިޔަ އައްޑޫ ސިޓީ ކައުންސިލްގެ މަރަދޫ ދާއިރާ ތަމްސީލް ކުރައްވާ ކައުންސިލަރު އަބްދުﷲ ތޮއްޔިބެވެ. އޭނާ ހައްޔަރު ކުރިކަން ފުލުހުން ވެސް މިރޭ ވަނީ ކަށަވަރުކޮށްދީފަ އެވެ.
ތޮއްޔިބުގެ އިތުރުން ތަހުގީގަށް ފުލުހުން އަންނަނީ ކައުންސިލްގައި ފޭދޫ ދާއިރާ ތަމްސީލް ކުރައްވާ ކައުންސިލަރު އަހުމަދު މިރުޒާދު ވެސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ފުލުހުން ބުނީ އިތުރު ބައެއް މީހުން ހައްޔަރުކުރުމަށް ވެސް ކޯޓު އަމުރު ލިބިފައިވާ ކަމަށެވެ.
މި މަހު 8 ވަނަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ބަޔަކު އެއްލި ގާބުރިއަކުން ޖެހި، މިރުޒާދުގެ ބޯ ފަޅައިގެން ގޮސްފައިވާތީ ހޮސްޕިޓަލުން ފަރުވާ ވެސް ހޯދައިފައިވެ އެވެ.
ފުލުހުންގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެ ރޭގެ ހަމަނުޖެހުންތަކާ ގުޅިގެން ތަހުގީގަށް ބޭނުންވާ އިތުރު މީހުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
އަށް ވަނަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން، މީގެ ކުރިން އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ހުސައިން ހިލްމީ އާއި ހިތަދޫ ދެކުނު ދާއިރާގެ ކައުންސިލަރު ހުސައިން ފަހުމީގެ އިތުރުން ހުޅުމީދޫ ދާއިރާގެ ކައުންސިލަރު އަދި ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދު ހައްޔަރުކޮށްފައިވެ އެވެ. އެހެން ނަމަވެސް މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެ ތިން މީހުން ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
މީގެ އިތުރުން އެ ހަމަނުޖެހުންތަކާ ގުޅިގެން ތަހުގީގަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް) މޯޑް ވެސް ހައްޔަރު ކުރުމަށް ފަހު، ފަހުން ގޭ ބަންދަށް ބަދަލުކޮށް އޭނާ މިހާރު ވަނީ ގޭ ބަންދުން ވެސް ދޫކޮށްލައިފަ އެވެ.
އަށް ވަނަ ދުވަހުގެ ރޭ ހިންގި ހަމަނުޖެހުންތަކަކީ ފަހުގެ ތާރީހެއްގައި އައްޑު އަށް ކުރިމަތިވި އެންމެ ބިރުވެރި އަދި އެންމެ ބޮޑެތި ގެއްލުންތައް ލިބުނު ހާދިސާ އެވެ.
އެމްޑީޕީން މާދަމާ "އިންސާފުގެ ދަތުރު" ގެ ނަމުގައި ބާއްވާ މުޒާރަހާ އައްޑޫގައި ވެސް ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް އެމްޑީޕީގެ އައްޑޫ ދާއިރާތަކުން މިހާރު އަންނަނީ ވަރަށް ފޯރިއާ އެކު ކުރަމުންނެވެ. 


Thursday, February 16, 2012

މިލަންދޫގެ ތިން ކައުންސިލަރަކާ އެކު ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފި


މިލަންދޫގެ ތިން ކައުންސިލަރަކާ އެކު ހަތް މީހަކު ފުލުހުން ހައްޔަރުކޮށްފި


ހަމަނުޖެހުން ހިންގުމުގެ ތުހުމަތުގައި ށ. މިލަންދޫގެ ތިން ކައުންސިލަރަކާ އެކު އިތުރު ހަތް މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
އެރަށުން ހައްޔަރުކޮށްފައިވާ ކައުންސިލަރުންނަކީ ކައުންސިލްގެ ރައީސް މުހައްމަދު ޔާސިރާއި ނައިބު ރައީސް އަހުމަދު އިމްރާންގެ އިތުރުން ކައުންސިލް މެމްބަރު އަބްދުﷲ ފާއިޒެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ މިލަންދޫއިން ހައްޔަރުކުރި މީހުންގެ ތެރެއިން ނުވަ މީހަކު ހައްޔަރުކޮށްފައި ވަނީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުމުން ހަމަނުޖެހުން ހިންގާ އެރަށު ޕޮލިސް ސްޓޭޝަން ދިން ގެއްލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލުމާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި ބައެއް އަތޮޅުތަކުގައި ހުރި ފުލުހުންގެ މަރުކަޒުތަކާއި ކޯޓުތަކުގައި އަލިފާން ރޯކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފަ އެވެ. އަދި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ހޯދަން ބޭނުންވާ ބައެއް މީހުން އެ މީހުން އުޅޭ ތަންތަން ދޫކޮށް މާލެއަށާއި ރާއްޖޭގެ އެހެން ރަށްރަށަށް ފިލައިގެންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުންގެ އިދާރާއިން ބުނެ އެވެ. އަލިފާން ރޯކޮށް އަންދާލައި، ބައެއް ޕޮލިސް ސްޓޭޝަންތައް ބަންދުކުރުމުގެ ސަބަބުން 19 ޕޮލިސް ސްޓޭޝަނެއްގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފަ އެވެ. އަދި އޭގެ ތެރޭގައި މިލަންދޫ ޕޮލިސް ސްޓޭޝަން ވެސް ހިމެނެ އެވެ

DHIRI HUHTTA HEY HUHTTA


Wednesday, February 15, 2012

Mayhem in the Maldives: Policeman's paradise [Economist Article]

A CHILL wind has come to the Maldives, an Indian Ocean archipelago whose political life has been suddenly blown upside down. The new president, Mohamed Waheed Hassan Manik, vehemently denies there was any conspiracy to oust his predecessor and former boss, Mohamed Nasheed, and insists that his own ascent to office, on February 7th, caught him by surprise. But events over the past week have shed doubts on that claim.
Read More

We Protest the Rogue Police Coup D'état in Maldives (Protest in Lodon against Maldives Coup)


Umar Nasser threatened President Nasheed to resign or face death. Maldives Coup 2012


ނަޝީދު އިސްތިއުފާ ދެއްވީ ރައްޔިތުންގެ ތާއީދު ނެތުމުން: ރައީސް


ނަޝީދު އިސްތިއުފާ ދެއްވީ ރައްޔިތުންގެ ތާއީދު ނެތުމުން: ރައީސް


     ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުކުރީ، ޣައިރު ގާނޫނީ ގޮތުން ކަމަށް އެ މަނިކުފާނު ވިދާޅުވަމުން ގެންދެވި ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށާއި ނަޝީދު އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ތާއީދު ނެތްކަން ޔަގީންވުމުން ކަމަށް، ރައީސް މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ރައީސް ވަހީދު އެހެން ވިދާޅުވީ، ބީބީސީ ރޭޑިއޯގެ "ޓުޑޭ" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
މި އިންޓަވިއުގައި ރައީސް ވަހީދު ވިދާޅުވީ، ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަލަން އަންނަ ކޮންމެ ފަރާތަކަށް ވެސް މަރުހަބާ ވިދާޅުވާނެ ކަމަށެވެ. އަދި ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ، އަމިއްލަފުޅަށް އެއްވެސް މަޖުބޫރުކަމެއް ނެތި ކަމުގައި ވެސް ރައީސް ވަހީދު ވިދާޅުވި އެވެ. މީގެ އިތުރުން ރައީސް ވަހީދު ވިދާޅުވި ގޮތުގައި، މިހާރު އެ މަނިކުފާނު އަދާކުރައްވަމުން ގެންދަވަނީ، ގާނޫނު އަސާސީގެ ދަށުން އަދާކުރައްވަން ޖެހިވަޑައިގަންނަވާ ވާޖިބެކެވެ.
ރައީސް އޮފީހުން ބުނީ، ރައީސް ވަހީދުގެ މި އިންޓަވިއުގައި ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލާއިރު، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ކަންކަން ކުރިއަށް ގެންދެވުމަށް ދެއްވާ އަހަންމިއްޔަތު އެނގިގެންދާ ކަމަށެވެ. އަދި މިއީ ނަޝީދުގެ އެމްޑީޕީން ގައުމީ މަސްލަހަތު އިސްކޮށް، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރާ ގުޅިގެން މަސައްކަތްކުރުމުގެ ވަގުތު ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

އީޔޫ ވަފުދުން ނަޝީދާ ބައްދަލުކޮށްފި


އީޔޫ ވަފުދުން ނަޝީދާ ބައްދަލުކޮށްފި

      މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފުދުން، ކުރީގެ ރައީސް މުހަންމަދު ނަޝީދާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
މޫކައި ހޮޓަލުގައި ބޭއްވި މި ބައްދަލުވުމުގައި، ނަޝީދުގެ އިތުރުން ބައިވެރިވެ ވަޑައިގަތީ، އެ މަނިކުފާނުގެ ސަރުކާރުގެ ކެބިނެޓުގައި މަސައްކަތްކުރެއްވި، މުހަންމަދު އަސްލަމާއި އަހުމަދު ނަސީމާއި ސަރަނގު އާދަމް މަނިކާއި ނަޝީދުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ސަރުކާރުގައި އުޅުއްވި އިބްރާހިމް ހުސެއިން ޒަކީ އަދި މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އެވެ.
ގަޑިއެއްހާއިރަށް ބޭއްވި ބައްދަލުވުމަށް ފަހު، އީޔޫ ވަފުދުން މީޑިއާގައި ހަމައެކަނި ވިދާޅުވީ، "ވަރަށް ބިނާކުރުވަނިވި ވާހަކަތަކެއް ދެކެވުނު" ކަމަށެވެ. އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.
ބައްދަލުވުމަށް ފަހު، މީޑިއާ އަށް މައުލޫމާތު ދެއްވަމުން، ނަޝީދުގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި، މާރިޔާ ވިދާޅުވި ގޮތުގައި، އަވަސް އިންތިހާބެއް ބޭއްވުމަށް ހުރިހާ ފަރާތްތަކުން ވެސް ބުނަމުންދާ ކަމަށް، އީޔޫ ވަފުދުން ވަނީ ބުނެފަ އެވެ. އަދި މާރިޔާ ވިދާޅުވީ، "ފުލުހުން މިކުރާ އަނިޔާ އާއި ކަންކަން" ހުއްޓޭނީ، އިންތިހާބުގެ ވާހަކަތައް ދައްކައިގެން ކަމަށެވެ.
"އެއީ އެ މީހުން ވެސް ދާންޖެހޭނީ ދިވެހި ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން. އެހެންވީމަ ހުރިހާ ކައުންސިލަރުންނާއި މީހުން ހައްޔަރުކޮށްފައި އަދި އޭގެ އިތުރަށް އަޅުގަނޑުމެން އެންމެންގެ ގައިގައި ތަޅާފައި، އަޅުގަނޑުމެންނަކީ ވެސް ހަމަ ވޯޓު ހޯދައިގެން އައިސް ތިބި މީހުން. އެހެންވީމަ އެ ބޭފުޅުން އެކަން ކުރައްވާ ކަމަށް ވާނަމަ ދުވަހުން ދުވަހަށް އެ ބޭފުޅުންނަސް ދެރަވާނެ،" މާރިޔާ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ރާއްޖޭގެ މީހުން މިހާރު ބިރެއް ނުގަނޭ. ހަގީގަތުގައި އަޅުގަނޑުމެން ބިރު ފަހަނަޅައި ހިނގައްޖެ."
އޭނާ ވިދާޅުވީ، އެމްޑީޕީގެ ކެންޑިޑޭޓަށް 2013 ގެ އިންތިހާބުގައި ބައިވެރި ނުވެވޭ ގޮތަށް، ފަނޑިޔާރުގެތަކުން ހުކުމްކުރެވޭނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.
މާރިޔާ ވިދާޅުވީ، އިންތިހާބެއް ވަރަށް އަވަހަށް "އަންނަތަން އަޅުގަނޑުމެންނަށް އެބަފެނޭ" ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަނީ ސަރުކާރު ބަދަލުވާންޖެހޭނީ އިލެކްޝަނަކުން ކަމަށް. މިހާރު މި އޮތް ގޮތަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ ބައިވެރިވި ރަނިންމޭޓް ނުކުމެ ވަޑައިގެން އެހެން މީހުންނާ އެކީގައި ސަރުކާރު ހެއްދެވުމަކީ އަޅުގަނޑުމެން ވަރަށް ސިއްސައިގެންދާ ކަމެއް. ރައްޔިތުން ގަބޫލުކުރީ އެމްޑީޕީގެ މެނިފެސްޓޯ. އެހެންވީމަ މެނިފެސްޓޯ ތަންފީޒުނުކޮށް ދޮޅު އަހަރު ވަންދެން ތިބެންޏާ ހަގީގަތުގައި ސަރުކާރެއް ކުރާނެ ކަމެއް ނެތް،" ނަޝީދުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާ މާރިޔާ ވިދާޅުވި އެވެ.
އީޔޫ ވަފުދުން މީގެ ކުރިން ވަނީ ރައީސް މުހަންމަދު ވަހީދު ހަސަން މަނިކާ ވެސް ބައްދަލުކޮށްފަ އެވެ. 

Tuesday, February 14, 2012

The Manik family on Hithadhoo describes the violent arrest of their three sons by police forces


Military & Coup - The Law



Defense force code of conduct


ހދ. އަތޮޅު ކައުންސިލްގެ ރައީސާ އެކު ފަސް މީހަކު ހައްޔަރުކޮށްފި


ހދ. އަތޮޅު ކައުންސިލްގެ ރައީސާ އެކު ފަސް މީހަކު ހައްޔަރުކޮށްފި


          ހދ. ކުޅުދުއްފުށީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި އެ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝުކޫރާ އެކު ކުޅުދުއްފުށީ ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ މެމްބަރު އަލީ މުހައްމަދު ވިދާޅުވީ ކައުންސިލްގެ ރައީސްގެ އިތުރުން ފުލުހުން ހައްޔަރުކޮށްގެން ގެންދިޔައީ ވެސް އެ ޕާޓީ އަށް ނިސްތްވާ މެމްބަރުންތަކެއް ކަމަށެވެ. އެ މީހުން ގެންދިޔައީ އެމްޑީޕީ އަށް ބިރުދެއްކުމަށް ކަމަށާއި، އެ ރަށުގެ އެއްވެސް ތަނަކަށް އެމްޑީޕީގެ ބަޔަކު ގެއްލުން ނުދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލައެއްގައި ކުޅުދުއްފުށިން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަން ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ކަށަވަރުކޮށްދެއްވި އެވެ.
ކުޅުދުއްފުށީގެ އިތުރުން ވެސް މިދިޔަ ބުދަ ދުވަހު ގެއްލުން ދިން ތަންތަނުން މީހުން ހައްޔަރުކޮށްގެން ފުލުހުން ވަނީ ތަހުގީގު ފަށައިފަ އެވެ. މާލޭގައި އެމްޑީޕީން ބޭއްވި މުޒާހަރާ އަށް ތާއީދުކުރުމުގެ ގޮތުން ރަށްރަށުގައި ތިބެ އެމްޑީޕީ އަށް ތާއީދުކުރާ މީހުން ނުކުމެ ބައެއް ރަށް ރަށުގެ ޕޮލިސް ސްޓޭޝަންތަކާއި އަތޮޅު ކައުންސިލްތަކުގެ އިތުރުން ކޯޓުތަކުގައި ވެސް ހުޅުޖަހައި އަންދާލާފައިވެ އެވެ. އަދި ފުލުހުންގެ ވެހިކަލްތަކަށް ގެއްލުންދީފައިވާ އިރު ބައެއް ރަށްރަށުން ފުލުހުން ފޮނުވާލާފައި ވެސް ވެ އެވެ. 

ފުވައްމުލަކު ހޯދަޑު ކައުންސިލްގެ ރައީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ފުވައްމުލަކު ހޯދަޑު ކައުންސިލްގެ ރައީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި


ފުވައްމުލަކު ހޯދަޑު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހިމް (މޯޑު) މިއަދު މެންދުރު ފަހު 2:00 އެހާކަންހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ކައްޓެޅިއަށް މައުލޫމާތު ދެއްވަމުން ފުވައްމުލަކު ޕޮލިސް ސްޓޭޝާން ހިންގެވުމާ ހަވާލުވެ ހުންނެވި ސަބްއިންޕެކްޓަރ އަހުމަދު އިގްބާލު ވިދާޅުވީ މުހައްމަދު އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިމަހުގެ އަށެއްވީ ބުދަދުވަހު ހަވީރު އެންޑީޕީއަށް ތާއިދު ކުރާބަޔަކު ޕޮލިސް ސްޓޭޝަން ކުރިމައްޗަށް އެއްވެ އެތަނަށާއި ތަނުގައި ހުރި ބައެއްތަކެއްޗަށް އަދި ފުލުހުންނަށް ގެއްލުންދިންމައްސަލަޔާއި ގުޅިގެންނެވެ. އެނާ ވިދާޅުވީ މުހައްމަދު އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކޯޓުއަމުރަކާއި އެކު ކަމުގައެވެ.
އަށްވަނަ ދުވަހުގެ މުޒާހަރާއާއި ގުޅިގެން މިހާތަނަށް 18 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށް ފުލުހުންގެ އޮފީހުން މައުލޫމާތު ދެއްވައެވެ. އަދި މީގެތެރެއިން އަށް މީހަކު ގޭބަންދަށް ދޫކޮށްލާފައިވާކަމަށްވެސް މައުލޫމާތު ދެއްވައެވެ. 

ސަރުކާރު ގަބޫލުނުކުރާކަން އިއުލާންކޮށްދެއްވައި، އިންތިހާބެއް ބާއްވައިދިނުމަށް މަޖިލީހުގެ ރައީސަށް ޕެޓިޝަނެއް ހުށަހަޅަނީ


ސަރުކާރު ގަބޫލުނުކުރާކަން އިއުލާންކޮށްދެއްވައި، އިންތިހާބެއް ބާއްވައިދިނުމަށް މަޖިލީހުގެ ރައީސަށް ޕެޓިޝަނެއް ހުށަހަޅަނީ

             ރައީސް މުހައްމަދު ވަހީދުގެ ސަރުކާރަކީ އެ މަނިކުފާނު އިސްވެ ހުންނަވައިގެން "ބަޣާވާތަކުން" އުފައްދަވާފައިވާ ޣައިރު ގާނޫނީ ސަރުކާރެއް ކަމަށް އިއުލާންކޮށްދެއްވައި، ރިޔާސީ އިންތިހާބެއް ބާއްވައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
އެމްޑީޕީން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޖަލްސާގައި ސޮއިކުރަން ފަށާފައިވާ އެ ޕެޓިޝަނުގައި ބުނެފައި ވަނީ ރައީސް ވަހީދު މަގާމާ ހަވާލުވެ ވަޑައިގެންފައި ވަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށާއި މި ސަރުކާރު ކުށްވެރި ކުރާ ކަމަށެވެ.
"އަޅުގަނޑު ވަރަށް އިހްލާސްތެރިކަމާ އެކު މަނިިކުފާނުގެ އަރިހުން މި އެދެނީ މިހާރު އުފައްދައިގެން އުޅޭ ޣައިރު ގާނޫނީ ސަރުކާރު ގަބޫލުފުޅު ނުކުރައްވާކަން އިއުލާން ކޮށްދެއްވުމަށެވެ. އަދި ދިވެހިރާއްޖޭގައި ގާނޫނީ ސަރުކާރެއް ގާއިމްކޮށް ރާއްޖެ މި ނުރައްކާތެރި ހާލަތުން ސަލާމަތުގެ އައްސޭރިއަކަށް ގެނައުމަށްޓަކައި، މި ދަންނަވާ ކަންކަން ފުރިހަމަ ކުރުމަށް މަނިކުފާނާއި ތިޔަ އިއްޒަތްތެރި މަޖިލީހުގެ އެންމެހާ އިއްޒަތްތެރި މެމްބަރުންގެ ކިބައިން ވަރަށް އަދަބުވެރިކަމާ އެކު އެދެމެވެ،" އެ ޕެޓިޝަންގައި ވެ އެވެ.
މަޖިލީހުން ކޮށްދިނުމަށް އެ ޕެޓިޝަނުގައި އެދިފައިވާ ކަންތައްތަކުގެ ތެރޭގައި، 7 ފެބުރުއަރީގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން އިސްނަގައިގެން ހިންގި ބަޣާވާތް މަޖިލީހުގެ ރައީސް ކުށްވެރިކުރައްވައި، ބަޣާވާތް ރާވައި ހިންގި ފަރާތްތައް ގާނޫނުގައިވާ ގޮތުގެ މަތިން ޝަރީއަތަށް ހާޒިރުކޮށްދިނުމަށް އެދިފައިވެ އެވެ. އަދި މަޖިލީހުގެ ރައީސަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން އަވަސް މުއްދަތެއްގައި އިންތިހާބެއް ބާއްވައިދިނުމަށް ވެސް ޕެޓިޝަނުގައި އެދިފައިވެ އެވެ.
އެމްޑީޕީން ރޭ ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ މެމްބަރުން ވަނީ އެ ޕެޓިޝަނުގައި ސޮއިކޮށްފަ އެވެ.
ސަރުކާރު އެމްޑީޕީން ގަބޫލުނުކުރާނެ ކަމަށް ބުނަމުންދާއިރު، މަޖިލީހުގެ ރައީސް ރާއްޖޭގެ ވެރިކަން ދެ މަސް ދުވަހު ކުރައްވާނެ ކަމަށާއި އެ ވެރިކަމުގައި މަޖިލީހުގެ ރައީސަށް އެ ޕާޓީން އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. 

އަޅުގަނޑުގެ ފުރާނަ ދުއްވާލަން ސިފައިންގެ ބަޔަކު ތާއަބަދު ރާވަމުން ދިޔަ: ރައީސް ނަޝީދު


އަޅުގަނޑުގެ ފުރާނަ ދުއްވާލަން ސިފައިންގެ ބަޔަކު ތާއަބަދު ރާވަމުން ދިޔަ: ރައީސް ނަޝީދު

އެމްޑީޕީގެ ވެރިކަން ވައްޓާލުމަށް ސިފައިންނާއި ފުލުހުންގެ ތެރެއިން "ބަޣާވާތްކުރީ" ކޮން ބައެއް ކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނު ހައްޔަރުކޮށް، ފުރާނަ ދުއްވާލުމަށް ސިފައިންގެ ތެރޭގައި ބަޔަކު އަބަދުވެސް ރާވަމުން ދިޔަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

"އެންމެ ފަހުވަގުތުގައި ވެސް އެ ބޭފުޅުން ބޭނުންވާ ގޮތަށް އެކަން ކުރުމަށް ރާވަމުން ގެންދެވި. އެހެން ނަމަވެސް މާތް ރަސްކަލާނގެ އިރާދަފުޅާއެކީގައި އަޅުގަނޑަށް މިހިރީ ތި ބޭފުޅުންނާ އެކީގައި މިތަނުގައި ހުރުމުގެ ފުރުސަތު ލިބިފައި،" އާޓިފިޝަލްބީޗުގައި މިރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ސިފައިންގެ ތެރެއިން ރޭވުންތަކެއް ރާވަމުން ދިޔަ ކަމަށް ވިދާޅުވި ނަމަވެސް އެކަން ރޭވީ ކޮންބައެއް ކަމަށް މިރޭގެ ޖަލްސާގައި ވިދާޅެއް ނުވެ އެވެ.

ރާއްޖޭގެ ވެރިކަން މިހާރު ހިސޯރުކޮށްގެން ތިބީ ބާޣީން ކަމަށް ވިދާޅުވެ ނަޝީދު ވިދާޅުވީ ރައްޔިތުންނަށް އަނިޔާވިޔަ ނުދެއްވާނެ ކަމަށެވެ. އެކަމާ ދެކޮޅަށް ޖާނާއި މާލު ދެއްވައިގެން ނަމަވެސް ރައްޔިތުން ރައްކާތެރިކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން އަވަސް އިންތިހާބެއް އިއުލާންކުރަން ދެން ހުރިހާ ރައްޔިތުން މަދަނީ ބަސް ނޭހުމުގައި ތިބުމަށް ކުރީގެ ރައީސް ވަނީ ގޮވާލައްވައިފަ އެވެ.

ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ވޯޓަކުން ގާއިމްކޮށްދެއްވާނެ ކަމަށް ތަކުރާރުކޮށް މިރޭ ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ބަޣާވާތަކުން ވެރިކަން ވައްޓާލި ގޮތް ދުވަހެއް ދުވަހަކަށް ވުރެ ބޮޑަށް އެމަނިކުފާނަށް އަންނަނީ ސާފުވަމުން ކަމަށެވެ.

"އެކަން ހިނގާދިޔަ ގޮތާއި އެ ރޭވުން ރޭވި ބޭފުޅުންނާއި އެ ރޭވުމުގެ ހީލަތްތެރިކަމާއި އެ ރޭވުމާއި ފުލުހުންނާއި ސިފައިންނާ ހުރި ގުޅުމާއި ސިޔާސީ ވެރިންނާއި ވިޔަފާރިވެރިންނާ އޮތް ގުޅުން އަޅުގަނޑުމެންނަކަށް އޮޅިފައެއް ނެތް. ބޭންކް އެކައުންޓްތަކާއި ފައިސާ ހިނގި މަގާއި އަދި އެކި ރޭވުންތައް ރޭވި ގޮތްތައް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ،" ނަޝީދު ވިދާޅުވި އެވެ.

އެ ރޭވުން ކުރިއަށް ގެންދިޔަ ގޮތުގެ ބައިނަލްއަގުވާމީ ތަހުގީގެއް ކުރަން ޖެހޭ ކަމަށް މިރޭ ވެސް ނަޝީދު ވިދާޅުވި އެވެ. އަދި :ބަޣާވާތްކޮށްފައިވާ ފުލުހުންނާއި ސިފައިން" އެކަހެރިކޮށް ފުލުހުންނާއި ސިފައިންގެ މުއައްސަސާ "ސާފު" ކުރުމަކީ ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކޮންމެހެން ބޭނުން ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

ވެރިކަން ވައްޓާލުމުގެ އެންމެ އަޑީގައި ހުންނެވީ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށް ތުހުމަތުކުރައްވައި ވިދާޅުވީ އެމަނިކުފާނުގެ އިތުރުން ވެސް އެތައް "ބާޣީންނެއް" ވެރިކަން ބަދަލުކުރުމުގައި ހިމެނޭ ކަމަށެވެ. އޭގެ ތެރެއިން ބައެއް ބޭފުޅުން އެ ބަޣާވާތުގެ ވާހަކަތައް ރައީސް ނަޝީދާ ހިއްސާކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހުގެ ރޭ މަސައްކަތްކުރީ ރައްޔިތުންތަކެއް ނެތިކޮށްލާފައި ނަމަވެސް، ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ސަރުކާރު ވައްޓާލުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވަހީދު ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދާނެ ކަމަށް ވިދާޅުވެފައިވާތީ، އެކަމަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ އެކަން ވެއްޖެ ނަމަ އެމަނިކުފާނު ދެކެވަޑައިގަންނަވާނީ އެއީ މުއުޖިޒާތެއްގެ ގޮތުގައި ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ވެރިކަމުގެ ހުވަފެންތައް މިހާރު ބަލަމުން އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ގައުމުގައި ބަޣާވާތްކޮށްފައި ބާޣީ ލީޑަރު ވިދާޅުވަނީ އަޅެ، ތިމަންނާ ބާޣީއަކާ ވައްތަރުހޭ. ޝައިތާނާ ސީދި އޮޑިއަށް އެރިއިރު ޝައިތާނާގެ ނިއްކުރީގައި ވެސް ތިމަންނާ އަކީ ޝައިތާނާއޭ ޖަހާފައި ހުއްޓޭ ބުނާ އަޑެއް ނާހަން. އިބުލީހަކީ ކާކު ކަން އަޅުގަނޑުމެންނަށް އެނގެނީ އިބުލީސް ހުންނަ ސިފައަކުން ނޫން. ނުލަފާ ކަމާ ނުރަނގަޅު ކަމަކީ އިންސާނާގެ ކިބާގައި މާތް ކަލާނގެ ލައްވާފައިވާ ލާނެތްކަން،" ނަޝީދު ވިދާޅުވި އެވެ.

އަދި އެއްބައިވަންތަ ސަރުކާރެއްގެ ގޮތުގައި އުފައްދަވަން އުޅެނީ "ގޮނޑި ކޮއްކޮ" ސަރުކާރެއް ކަމަށާއި އެ ސަރުކާރުން ކުރަން އުޅޭ ކަމަކީ "އުޑަފައިން އިށީނދެ އިނދެގެން ތިބެ ބަތްކައްކާ ކުޅުން" ކަމަށް ވެސް ވިދާޅުވި އެވެ. ބައެއް އިރުއިރުގައި އަކުން ބަކުން އަށް ބަދަލުވާނެ ކަމަށާއި ބައެއް ފަހަރު ދެން ނުކުޅޭނަމޭ ކިޔާފައި ދުރަށްދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިރޭގެ ބައްދަލުވުމުގައި ނަޝީދު ވަނީ ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫނަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކައިފަ އެވެ. ނަޝީދު ވިދާޅުވީ އޭނާ އަނދަގޮޑީގައި ބައިންދާފައި ފުލުހުން ފޮނުވައި އަނިޔާކުރެއްވި ކަމަށެވެ.

"ބާޣީންގެ ހަގީގީ ލީޑަރު ކިނބިގަސްދޮށުގޭ މައުމޫން އެބަ ވަޑައިގަންނަވާ. މިހާރު ފެންނަނީ ވަހީދު ބާޣީ. އެ ބޭފުޅާ އެއީ ވަގުތީގޮތުން ވެރިކަމުގައި އިންނެވި ބޭފުޅަކަށް ވުމީ އަޅުގަނޑުގެ ހިތް ބުނާގޮތުގައި އެންމެވުން އެކަށީގެންވާ ކަންތައް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މި ސަރުކާރާ ދެކޮޅަށް އެމްޑީޕީން އަޑުއުފުލަށް ނުކުތުމުން އެމަނިކުފާނު ވެސް ފިހާރައެއްގެ ތެރޭގައި ހުންނަވަނިކޮށް ގެންނަވައި ކުރިމަތިފަރާތުގައި ހިފައި އަނގަޔަށް ވެސް އަތްކޮށްޕާފައިވާ ކަމަށެވެ. އެމަނިކުފާނާ ދޭތެރޭ އެގޮތަށް ކަންތައް ކުރެއްވި ފުލުސް މީހާ އަށް ވެސް މާފުދީފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

Monday, February 13, 2012

ވެރިކަން ބަދަލުވިގޮތް ރާއްޖޭގެ ހަމަޖެހުމަށްޓަކައި ސާފުވުން މުހިންމު: ފެނާންޑޭޒް


ވެރިކަން ބަދަލުވިގޮތް ރާއްޖޭގެ ހަމަޖެހުމަށްޓަކައި ސާފުވުން މުހިންމު: ފެނާންޑޭޒް

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ރާއްޖޭ ހަމަޖެހުމަށާއި ކުރިމަގަށްޓަކައި ތަހްގީގުކޮށް، އެކަންކަން ސާފުވުމުން ވަރަށް މުހިންމު ކަމަށް އދ. ޕޮލިޓިކަލް އެފެއާޒް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އޮސްކާ ފެނާންޑޭޒް ޓަރަންކޯ މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ވަޒަންކުރެއްވުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ ވަޑައިގެންނެވި ފެނާންޑޭޒް ވިދާޅުވީ ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަގޮތް ތަހުގީގުކުރުމުގެ މެންޑޭޓް އދ. އަށް އަދި ނެތް ކަމަށާއި ގައުމެއްގެ ދާހިލީ ކަމެއް ތަހުގީގުކުރުމަށްޓަކައި އދ. އާންމު މަޖިލީހުން ނުވަތަ ސަލާމަތީ މަޖިލީހުން ނުވަތަ ހިއުމަން ރައިޓްސް ކައުންސިލުން ފާސްކުރަންޖެހޭނެ ކަމަށެވެ.
ރާއްޖޭގައި އުފެދިފައިވާ ހަމަނުޖެހުންތައް ހައްލު ހޯދޭނީ ބޭރު ފަރާތަކަށް ނޫން ކަމަށާއި ވެރިކަން ބަދަލުވި ގޮތް ވެސް ތަހުގީގުކުރުމަށްޓަކައި ދިވެހިން އަމިއްލަ އަށް ގޮތްތަކެއް ހޯދުން މުހިންމު ކަމަށް ފެނާންޑޭޒް ވިދާޅުވި އެވެ.
"ވެރިކަން ބަދަލުވި ގޮތާމެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ނިމުމެއް ގެނައުން ވަރަށް މުހިންމު. އެއީ ޑިމޮކްރެޓިކް ޕްރޮސަސް އަށް މުހިންމު ކަމެއް. ރާއްޖެ ކުރިއަށް ދިއުމަށްޓަކައި ވެސް ވަރަށް މުހިންމު ކަމެއް،" ރާއްޖޭން ފުރާވަޑައިގެންނެވުމުގެ ކުރިން އދ. ބިލްޑިންގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ފެނާންޑޭޒް ވިދާޅުވި އެވެ.
ވެރިކަން ބަދަލުވި ގޮތް ތަހުގީގުކުރުމަށްޓަކައި ރިޔާސީ ކޮމިޝަނެއް އުފެއްދި ދާނެ ކަމަށާއި ނުވަތަ ރައްޔިތުންގެ މަޖިލީހުން ނުވަތަ ޝަރުއީ ދާއިރާއިން އެކަމަށް އިސް ނެގިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ތަހުގީގުކުރުމަށްޓަކައި އދ. ގައި އެދުނު ކޮންމެ އެހީއެއް ވެސް ވެދޭނެ ކަމަށާއި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނާއި ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާބިލްކަން އިތުރުކުރުމަށް ވެސް އދ. އިން އެހީވެދިނުމަށް ތައްޔާރަށް އޮތް ކަމަށް ފެނާންޑޭޒް ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި މުޒާހަރާކުރި ފަރާތްތަކުން ހިންގާފައިވާ ހަމަނުޖެހުންތަކާއި ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވާ ގޮތްތަކާމެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި ހުރިހާ ފަރާތްތަކަކުން ވެސް ހަމަނުޖެހުމަކަށް ނުދިއުމާއި އިންސާނީ ހައްގުތަކާއި ގާނޫނަށް އިހްތިރާމުކުރުން ވަރަށް މުހިންމު ކަމެއް ވެސް ފެނާންޑޭޒް ވިދާޅުވި އެވެ. "ހަމަނުޖެހުން އުފެއްދުމަކީ ރާއްޖެ އަށް ބަރުދާސްތު ކުރެވޭނެ ވަރުގެ ކަމެއް ނޫން" ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ 2008 ވަނަ އަހަރުން ފެށިގެން ހޯދާފައިވާ ޑިމޮކްރެޓިކް ކުރިއެރުންތައް ގެއްލިގެން ދާނެ ކަމެއް. އިގްތިސާދު ވެސް ބަނަވާނެ ކަމެއް،" ފެނާންޑޭޒް ވިދާޅުވި އެވެ.
މިވަގުތު ގައުމީ އެއްބައިވަންތަ ސަރުކާރެއް ގާއިމުވެފައި އޮތުން މުހިންމު ކަމަށާއި އާސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ފެނާންޑޭޒް ވިދާޅުވި އެވެ.
ވެރިކަން ބަދަލުވިގޮތް ތަހްގީގުކުރުމަކީ މުހިންމު ކަމެއް ކަމަށް މި ހަފުތާގައި ރާއްޖެ ވަޑައިގެންނެވި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ރޮބަޓް ބްލޭކާއި ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ އެސިސްޓެންޓް ފޮރިން ސެކްރެޓަރީ އެމް ގަނަޕަތީ ވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އާ ސަރުކާރު ގަބޫލުކުރައްވާ ކަމަށް އެ ދެ ބޭފުޅުން ވެސް ވަނީ ވިދާޅުވެފަ އެވެ. 

Sunday, February 12, 2012

Umar Naseer says he threatened Nasheed with death if he did not resign


ނަޝީދު އަމާން ނުދެއްވައިފި ނަމަ އެމަނިކުފާނުގެ ފުރާނަ ގެއްލިދާނެ ކަމަށް ބުނިން: އުމަރު ނަސީރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހުގެ ކުރީ ރޭ މުޒާހަރާ ކުރިއަށް ދިޔައިރު، އެމަނިކުފާނު އަމާން ނުދެއްވައިފި ނަމަ ފުރާނަ ވެސް ގެއްލިގެން ހިނގައިދާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ޕީޕީއެމުން އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވީ ވެރިކަން ވެއްޓުނު ދުވަހުގެ ކުރީ ރޭ "އޮޕަރޭޝަން" ކުރިއަށް ދިޔައިރު، އޭނާ އިންނެވީ "ކޮމާންޑިން" ސެންޓަރުގައި ކަމަށާއި، އެކަން ކުރިއަށް ދިޔައިރު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންނާ ވާހަކަ ދައްކަވަމުން ގެންދެވި ކަމަށެވެ.
"އެ އޮޕަރޭޝަން ހިންގަމުން އަޅުގަނޑު ]އެރޭ[ އިނީ ކޮމާންޑިން ސެންޓަރުގައި. އަޅުގަނޑު ގެންދިޔައީ މުހައްމަދު ނަޝީދު އެންމެ އަރިހުގައި ތިބި މީހުންނާ ވާހަކަ ދައްކަމުން. އަޅުގަނޑު ދަންނަވަމުން ގެންދިޔައިން އެ ބޭފުޅުންނަށް އަމާން ދެއްވާށޭ، އެހެންނޫނިއްޔާ ފުރާނަ ވެސް އަތުނުވެދާނެޔޭ ފަހަރެއްގާ. ތަކުރާރުކޮށް އެގޮތަށް ދަންނަވަމުން ގެންދިޔައިން. މިހެން ބުނަމުން ދަނިކޮށް ފުރަތަމަ ވަރަށް ބޮޑާވެރިކަމާއި ކިބުރުވެރިކަމާ އެކު ވިދާޅުވީ އަމާންދޭކަށް ނުޖެހެއޭ. އެފަދަ ހާލަތެއް ނެތޭ،" އުމަރު ވިދާޅުވި އެވެ.
އުމަރު ނަސީރު ވިދާޅުވީ އަމާން ނުދޭނެ ކަމަށް ފުރަތަމަ ވިދާޅުވަމުން ގެންދެވި ކަމަށާއި ނަމަވެސް އެ ދުވަހުގެ 30: 8 އެހާކަންއިރު، ނަޝީދު އޭނާ އަށް ގުޅުއްވައި އަމާން ދެއްވަން ބޭނުންވާ ކަމަށް ވިދާޅުވެފައިވާ ކަމަށާއި، އަދި ދެން ދުވަހަކު ވެސް ސިޔާސީ ކަމެއްގައި ނޫޅޭނެ ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.
"ނަޝީދު ގުޅުއްވައިފަ ވިދާޅުވީ މިހުރީ އިސްތިއުފާ ދޭން ތައްޔާރަށޭ. ތިމަންނަ ބޭނުންވަނީ ތިމަންނަ އާއި އާއިލާ ގެއަށް ނޫނީ އެހެންތާކަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށޭ. އަޅުގަނޑު ދެންނެވިން ތިކަން ހަމަޖެހޭނޭ އިސްތިއުފާ ދިނުމުގެ މަސައްކަތް ފައްޓަވާށޭ. އެ ވަގުތު އަޅުގަނޑުމެންގެ ފަރާތުން އެތަނަށް ވަދެވަޑައިގެން ހުންނެވި އަޚެއް ކައިރީ ބުނިން އެކަން ކުރިއަށް ގެންދަވާށޭ،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ގިނަ ބަޔަކާ އެކު، ޕާޓީގެ އިސް ބޭފުޅުން ވަނީ ވާހަކަ ދައްކަވައިފަ އެވެ. ވެރިކަން ބަދަލުވި ފަހުން ބޭއްވި ފުރަތަމަ އާންމު ޖަލްސާގައި އެ ޕާޓީގެ އިސް ބޭފުޅުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.

Commonwealth fact finding mission on transfer of power

CMAG statement on Maldives
12 February 2012
Extraordinary Teleconference of the Commonwealth Ministerial Action Group (CMAG)
Statement by the Chair on behalf of CMAG

1. The Commonwealth Ministerial Action Group (CMAG) held an extraordinary meeting by teleconference to consider the situation in the Republic of Maldives. The meeting was convened by the Commonwealth Secretary-General, Kamalesh Sharma, and chaired by Hon Surujrattan Rambachan, Minister for Foreign Affairs and Communications of Trinidad and Tobago. Other members of the Group who participated in the meeting were: Hon Kevin Rudd, Minister for Foreign Affairs of Australia; Hon Dr Dipu Moni, Minister for Foreign Affairs of Bangladesh; Hon John Baird, Minister for Foreign Affairs of Canada; Senator Hon Arnold J Nicholson, Minister for Foreign Affairs of Jamaica; and Hon Joseph B Dauda, Minister for Foreign Affairs of Sierra Leone.

2. CMAG received a briefing from the Foreign Secretary of Maldives, Mr Mohamed Naseer, on the events leading up to and following the resignation of President Mohamed Nasheed on 7 February 2012. The Group was also briefed by former President Nasheed. The Secretary-General advised the group regarding his own interactions with President Waheed and former President Nasheed, and the findings of the Commonwealth Secretariat team currently in Maldives.

3. CMAG underlined the importance of adherence by member countries to the Commonwealth’s fundamental political values, most recently expressed by Heads of Government in the 2009 Affirmation of Commonwealth Values and Principles, including constitutional democracy, the rule of law and respect for human rights; and in particular, the principle of separation of powers, as enshrined in the Latimer House Principles. The Group also noted that Commonwealth Heads of Government had given the Group an enhanced mandate at their meeting in Perth, Australia, in 2011 to consider situations of concern in member countries in a proactive, engaged and positive manner.

4. CMAG recognised the impressive gains made by Maldives in recent years in consolidating multi-party democracy, and expressed its solidarity with the people of Maldives to select a government of their choice through democratic means.

5. CMAG stressed that the way forward must be determined by Maldivians themselves, through inclusive political dialogue in an atmosphere of non-violence, restraint and stability.

6. CMAG agreed to constitute a ministerial mission which will visit Maldives urgently to ascertain the facts surrounding the transfer of power, and to promote adherence to Commonwealth values and principles.

7. CMAG decided to meet again in extraordinary session following the ministerial mission to Maldives.

Commonwealth Secretariat, London

12 February 2012

http://thecommonwealth.org/news/34580/244142/120212cmagmaldives.htm

Nasheed told me he wants to resign: Yamin


ނަޝީދު އިސްތިއުފާ ދެއްވާކަން ކުރިން ފޯނުން ވިދާޅުވި: ޔާމީން

 ކުރީގެ ރައީސް މުހަންމަދު ނަޝީދު މި މަހުގެ 7 ގައި އިސްތިއުފާ ދެއްވުމުގެ ކުރިން، އެ ވާހަކަ ޕީޕީއެމްގެ ޕާލަމެންޓްރީ ލީޑަރު އަދި މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީންގެ އަރިހުގައި ވިދާޅުވި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ޔާމީން މިއަދު ވިދާޅުވީ، ނަޝީދު އިސްތިއުފާ ދެއްވާކަން ވިދާޅުވީ، އެ ވަގުތު ދިމާވެގެން އުޅޭ މައްސަލައާ ބެހޭ ގޮތުން އިންޑިއާ ހައި ކޮމިޝަނަރު، ޑީއެމް މުލޭއާ އެކު ބައްދަލުވުމެއްގައި އިންނަވަނިކޮށް ކަމަށެވެ. އަދި ނަޝީދާ ވާހަކަ ދެއްކެވީ، އެ މަނިކުފާނުގެ ފަރާތްޕުޅުން އިންޑިއާ ހައި ކޮމިޝަނަރާ ބައްދަލުކުރައްވަން، ހައި ކޮމިޝަން އޮފީހަށް ވަޑައިގެން އިންނެވި އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމްދީދީގެ ފޯނުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑާ ރައީސް ނަޝީދާ ފޯނުން ވާހަކަ ދެއްކީ އެ ދުވަހުގެ ހެނދުނު 11- 12 އާ ދެމެދުގެ ވަގުތެއްގައި. ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތަށް ބަލާފައި އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދިނުމޭ. އެ ގޮތަށް ނިންމައިފީމޭ. ތިމަންނަ އަކީ ބާރުގެ ބޭނުންކޮށްގެން އެއްވެސް ގޮތަކަށް ވެރިކަމުގައި ހުންނަން ބޭނުންވާ މީހެއް ނޫނޭ. އެކަމަކު ތިމަންނަގެ ޕާސަނަލް ސޭފްޓީ ކަށަވަރު ކޮށްދެއްޗޭ އަޅުގަނޑު ކައިރީގައި ރައީސް ނަޝީދު ވިދާޅުވި،" ޔާމީން ވިދާޅުވި އެވެ. "އަޅުގަނޑާ [ނަޝީދު] ވާހަކަ ދެއްކެވީ ވަރަށް ހަމަޖެހިފައި ހުރެ. އެއްވެސް ހާސްކަމެއް ނެތް. ރުޅިވެރިކަމެއް ނެތް. މަޖުބޫރީ ހާލަތަކަށް އައިސްފައި ހުރި ނަމަ އަޅުގަނޑާ ވާހަކަ ދެއްކި ގަޑީގައި އެ ވާހަކަ ވިދާޅުވީސްކަން ޔަގީން."
ޔާމީން ވިދާޅުވީ، ނަޝީދު އިސްތިއުފާ ދެއްވުމުގެ ކުރިން، ޑރ. ޑީޑީގެ އިތުރުން އެމްޑީޕީގެ ޕާލަމެންޓްރީ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހަންމަދު ސޯލިހު (އިބޫ)އާ ވެސް ފޯނުން ވާހަކަ ދެއްކެވި ކަމަށެވެ. އެކަމަކު ރައީސް ކަމުން ނަޝީދު އިސްތިއުފާ ދެއްވުމަށް އެއްވެސް ފަރާތަކުން މަޖުބޫރުކުރި ކަމެއް އެއިން އެއްވެސް ބޭފުޅަކު އޭރު ވިދާޅުނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"މަޖުބޫރުކަމެއް އޮތް ނަމަ އެ މަޝްވަރާ ރައީސް ނަޝީދު ކުރައްވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ސިފައިންގެ ތެރޭގައި އޭރު އުޅުއްވި ކަމަށް އެނގޭ. ޑިފެންސް މިނިސްޓަރު ތޮލްހަތު [ސިފައިންގޭގައި] އުޅުއްވާ. ނަސީމް [ފޮރިން މިނިސްޓަރު] އުޅުއްވާ ކަމަށް އެނގިފައި އޮތް. އަދި އެހެން ބޭފުޅުން ވެސް ނެތް ކަމެއް ނޭނގޭ. އެއިން ބޭފުޅަކާ ވެސް އެ ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވާނެ ކަމަށް އަޅުގަނޑު ދެކެނީ މަޖުބޫރީ ހާލަތަކަށް ދިޔަ ނަމަ،" ޔާމީން ވިދާޅުވި އެވެ.
ރައީސްކަމުން އިސްތިއުފާ ދެއްވިކަން މީޑިއާ ކުރިމަތީގައި އިއުލާން ކުރެއްވިއިރު، ނަޝީދު ވިދާޅުވީ އެކަން އެގޮތަށް ކުރެއްވީ، އެ މަނިކުފާނު ރައީސް ކަމުގައި ހުރެއްޖެނަމަ، ރައްޔިތުންނަށާއި ރާއްޖެ އަށް އެތައް ގެއްލުންތަކެއް ވާނެ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
އެކަމަކު ފަހުން އެކި މީޑިއާތަކުގައި އެ މަނިކުފާނު ވިދާޅުވެފައި ވަނީ، އިސްތިއުފާ ދެއްވުން ނޫން ގޮތެއް ނޯންނާނެ ކަމަށް، ކުރިން ސިފައިންގެ ކާނަލެއްގެ ގޮތުގައި އުޅުއްވި ކާނަލް ނާޒިމް އަދި މިހާރުގެ ޑިފެންސް މިނިސްޓަރާއި ކުރީގެ އެސިސްޓެންޓް ކޮމިޝަނަރު އަދި މިހާރުގެ ޕޮލިސް ކޮމިޝަރު އަބްދުﷲ ރިޔާޒު އެންގެވުމުން ކަމަށެވެ. އަދި އެ ބޭފުޅުންނާ ގުޅިފައިވާ ސިފައިންގެ އިސް އޮފިސަރުންތަކެއް ނަޝީދު އިސްތިއުފާ ދެއްވުމަށް މަޖުބޫރުކުރުވީ ކަމަށް އެ މަނިކުފާނު ފަހުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އިސްތިއުފާގެ ސިޓީ ލިޔުއްވީ ވެސް މަޖުބޫރީ ހާލަތުގައި ކަމަށް ވެސް ނަޝީދު ވިދާޅުވެ އެވެ. 

Friday, February 10, 2012

13 arrested in Sh.Milandhoo freed after public intervention


ށ.މިލަންދޫން ފުލުހުން ހައްޔަރުކުރި 13 މީހުން ރައްޔިތުން ނުކުމެ ސަލާމަތްކޮށްފި

ރާއްޖޭގައި ފުރަތަމަފަހަރަށް ގާއިމްކުރި މިނިވަން ޑިމޮކްރަޓިކް ސަރުކާރުކާރުގެ ވެރިޔާ މުޙަންމަދު ނަޝީދު ރާއްޖޭގެ ސަލާމަތީބާރުގެ ތެރެއިން ބަޔަކު ނުކުމެ އަމިއްލަ ތިންފަރާތަކާއެކު ރައީސުލް ޖުމްހޫރިއްޔާ ހައިޖެކް ކުރުމަށްފަހު އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވި ކުރުމާ ގުޅިގެން ށ މިލަންދޫ އިން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޝުޢޫރު ފާޅުކުރަމުން ދިޔަމީހުންގެ ތެރެއިން 13 މީހަކު އިއްޔެގެ އަސުރުނަމާދަށްފަހު ފުލުހުން ވަނީހައްޔަރުކޮށްފައި ކަމަށް މިލަންދޫ އިން ޚަބަރު ލިބިއްޖެއެވެ.
މިލަންދޫގެ ކައުންސިލްގެ 4 މެންބަރުންނާ އެރަށުގެ އެމްޑީޕީގެ ނާއިބުރައީސް ހިމެނޭ ގޮތަށް ފުލުހުން ހައްރުކުރި 13 މީހުން މިހާރުވަނީ ރަށު ރައްޔިތުން ނުކުމެ ސަލާމަތް ކޮށްފައި ކަމަށާއި ނަމަވެސް ރައްޔިތުން މިހާރު ވަނީ ވަރަށްބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް މިލަންދޫ ކައުންސިލްގެ މެންބަރަކު ވަނީ ހާމަކުރައްވާފައެވެ. އެހެންކަމާއެކު ދަންވަރުގެ ވަގުތެއްގައި ވެސް ފުލުހުން އެރަށަށް އަރާ ރައްޔިތުންނަށް އަނިޔާކޮށްފާނޭކަމަށް ބެލެވޭކަމަށާއި، ރަށުގައި މިހާރު ފޯރިމަރަމުން ދާކަމުގައި ވެސް އެރަށުން ވަނީ މައުލޫމާތު ލިބިފައެވެ.
މިލަންދޫ ރައްޔިތަކު ބުނިގޮތުގާ ރައްޔިތުންގެ ވޯޓަކުން ރައްޔިތުންގެ ވެރިކަން ޙަވާލުކުރި ރައީސުލް ޖުމްހޫރިއްޔާ ހައިޖެކް ކޮށްގެން ވެރިކަން ވައްޓާލުމާއެކު ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ފެންނަން ފަށައިފިކަމަށާއި، މިހާރު މިރާއްޖޭގައި ހިނގަމުން މިދަނީ ޣައިރުގާނޫނީ ވެރިކަމެއްކަމަށް ގަބޫލު ކުރެވެނީ މިދެންނެވި އަނިޔާވެރިކަން ހައްދުން ބޭރުވެފައިވާތީކަމަށް މިލަންދޫގެ ރައްޔިތަކުވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން އައްޑޫ ސިޓީން ވެސް ގިނަ ބަޔަކު ހައްޔަރުކޮށް، ވަރަށް ބޮޑަށް އަނިޔާކުރާ ކަމުގެ ޚަބަރުތައް ދަނީ ލިބެމުންނެވެ. އައްޑޫން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (މެޓްރިކްސް މޯޑް) ވެސް ހިމެނެއެވެ.
ރޭ އެމްޑީޕީން ބޭއްވި ޖަލްސާ ގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ރައީސް މުޙައްމަދު އަސްލަމް ވެސް ވިދާޅުވީ އައްޑޫގައި ރަސްމީގޮތުން ކާފިޔު ހިންގާފައި ނުވި ނަމަވެސް އެވަނީ “ކާފިޔު” ހިންގާފައި ކަމަށާއި، ކޮންމެ ގެއަކަށް ވަކިވަކިން ވަދެ ފާސްކުރަމުންދާ ކަމަށާއި، އައްޑޫގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.

http://www.uthuru.com/mv/?p=957

Tuesday, February 7, 2012

Public given police equipment


Maldives Police fired gun in takeover of MNBC (Feb 7, 2012)


MNBC ONE hifan Maldives Police & MNDF With Parteyn (Feb 7, 2012)


Maldives Police & Army ransacking MDP HQ : Maldivian Coup 2012


Damage to MDP Haruge by Mutinous Police & Military

http://mdp.org.mv/archives/24792

Maldivian police beat unarmed man - full version 07.02.2012


Nasheed trying to talk with mutinous police


Nasheed trying to negotiate with mutinous police


Unrest at Male's Republic Square leads to police mutiny


Soldiers march to join police mutiny


Rebel Forces Announce the Resignation of ex-President Nasheed after a Coup De tat in the Maldives