ށ.މިލަންދޫން ފުލުހުން ހައްޔަރުކުރި 13 މީހުން ރައްޔިތުން ނުކުމެ ސަލާމަތްކޮށްފި
ރާއްޖޭގައި ފުރަތަމަފަހަރަށް ގާއިމްކުރި މިނިވަން ޑިމޮކްރަޓިކް
ސަރުކާރުކާރުގެ ވެރިޔާ މުޙަންމަދު ނަޝީދު ރާއްޖޭގެ ސަލާމަތީބާރުގެ ތެރެއިން
ބަޔަކު ނުކުމެ އަމިއްލަ ތިންފަރާތަކާއެކު ރައީސުލް ޖުމްހޫރިއްޔާ ހައިޖެކް
ކުރުމަށްފަހު އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރުވި ކުރުމާ ގުޅިގެން ށ
މިލަންދޫ އިން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ޝުޢޫރު ފާޅުކުރަމުން
ދިޔަމީހުންގެ ތެރެއިން 13 މީހަކު އިއްޔެގެ އަސުރުނަމާދަށްފަހު ފުލުހުން
ވަނީހައްޔަރުކޮށްފައި ކަމަށް މިލަންދޫ އިން ޚަބަރު ލިބިއްޖެއެވެ.
މިލަންދޫގެ ކައުންސިލްގެ 4 މެންބަރުންނާ އެރަށުގެ އެމްޑީޕީގެ
ނާއިބުރައީސް ހިމެނޭ ގޮތަށް ފުލުހުން ހައްރުކުރި 13 މީހުން މިހާރުވަނީ ރަށު
ރައްޔިތުން ނުކުމެ ސަލާމަތް ކޮށްފައި ކަމަށާއި ނަމަވެސް ރައްޔިތުން މިހާރު
ވަނީ ވަރަށްބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް މިލަންދޫ ކައުންސިލްގެ
މެންބަރަކު ވަނީ ހާމަކުރައްވާފައެވެ. އެހެންކަމާއެކު ދަންވަރުގެ
ވަގުތެއްގައި ވެސް ފުލުހުން އެރަށަށް އަރާ ރައްޔިތުންނަށް
އަނިޔާކޮށްފާނޭކަމަށް ބެލެވޭކަމަށާއި، ރަށުގައި މިހާރު ފޯރިމަރަމުން
ދާކަމުގައި ވެސް އެރަށުން ވަނީ މައުލޫމާތު ލިބިފައެވެ.
މިލަންދޫ ރައްޔިތަކު ބުނިގޮތުގާ ރައްޔިތުންގެ ވޯޓަކުން ރައްޔިތުންގެ
ވެރިކަން ޙަވާލުކުރި ރައީސުލް ޖުމްހޫރިއްޔާ ހައިޖެކް ކޮށްގެން ވެރިކަން
ވައްޓާލުމާއެކު ސަރުކާރުގެ އަނިޔާވެރިކަން އިންތިހާއަށް ފެންނަން
ފަށައިފިކަމަށާއި، މިހާރު މިރާއްޖޭގައި ހިނގަމުން މިދަނީ ޣައިރުގާނޫނީ
ވެރިކަމެއްކަމަށް ގަބޫލު ކުރެވެނީ މިދެންނެވި އަނިޔާވެރިކަން ހައްދުން
ބޭރުވެފައިވާތީކަމަށް މިލަންދޫގެ ރައްޔިތަކުވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން އައްޑޫ ސިޓީން ވެސް ގިނަ ބަޔަކު ހައްޔަރުކޮށް، ވަރަށް
ބޮޑަށް އަނިޔާކުރާ ކަމުގެ ޚަބަރުތައް ދަނީ ލިބެމުންނެވެ. އައްޑޫން
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިތަދޫ މެދު ދާއިރާގެ މެންބަރު މުޙައްމަދު
ރަޝީދު (މެޓްރިކްސް މޯޑް) ވެސް ހިމެނެއެވެ.
ރޭ އެމްޑީޕީން ބޭއްވި ޖަލްސާ ގައި އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ
ނައިބު ރައީސް މުޙައްމަދު އަސްލަމް ވެސް ވިދާޅުވީ އައްޑޫގައި ރަސްމީގޮތުން
ކާފިޔު ހިންގާފައި ނުވި ނަމަވެސް އެވަނީ “ކާފިޔު” ހިންގާފައި ކަމަށާއި،
ކޮންމެ ގެއަކަށް ވަކިވަކިން ވަދެ ފާސްކުރަމުންދާ ކަމަށާއި، އައްޑޫގެ
ރައްޔިތުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ.
http://www.uthuru.com/mv/?p=957
http://www.uthuru.com/mv/?p=957
No comments:
Post a Comment