Sunday, February 12, 2012

Umar Naseer says he threatened Nasheed with death if he did not resign


ނަޝީދު އަމާން ނުދެއްވައިފި ނަމަ އެމަނިކުފާނުގެ ފުރާނަ ގެއްލިދާނެ ކަމަށް ބުނިން: އުމަރު ނަސީރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހުގެ ކުރީ ރޭ މުޒާހަރާ ކުރިއަށް ދިޔައިރު، އެމަނިކުފާނު އަމާން ނުދެއްވައިފި ނަމަ ފުރާނަ ވެސް ގެއްލިގެން ހިނގައިދާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ޕީޕީއެމުން އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވީ ވެރިކަން ވެއްޓުނު ދުވަހުގެ ކުރީ ރޭ "އޮޕަރޭޝަން" ކުރިއަށް ދިޔައިރު، އޭނާ އިންނެވީ "ކޮމާންޑިން" ސެންޓަރުގައި ކަމަށާއި، އެކަން ކުރިއަށް ދިޔައިރު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންނާ ވާހަކަ ދައްކަވަމުން ގެންދެވި ކަމަށެވެ.
"އެ އޮޕަރޭޝަން ހިންގަމުން އަޅުގަނޑު ]އެރޭ[ އިނީ ކޮމާންޑިން ސެންޓަރުގައި. އަޅުގަނޑު ގެންދިޔައީ މުހައްމަދު ނަޝީދު އެންމެ އަރިހުގައި ތިބި މީހުންނާ ވާހަކަ ދައްކަމުން. އަޅުގަނޑު ދަންނަވަމުން ގެންދިޔައިން އެ ބޭފުޅުންނަށް އަމާން ދެއްވާށޭ، އެހެންނޫނިއްޔާ ފުރާނަ ވެސް އަތުނުވެދާނެޔޭ ފަހަރެއްގާ. ތަކުރާރުކޮށް އެގޮތަށް ދަންނަވަމުން ގެންދިޔައިން. މިހެން ބުނަމުން ދަނިކޮށް ފުރަތަމަ ވަރަށް ބޮޑާވެރިކަމާއި ކިބުރުވެރިކަމާ އެކު ވިދާޅުވީ އަމާންދޭކަށް ނުޖެހެއޭ. އެފަދަ ހާލަތެއް ނެތޭ،" އުމަރު ވިދާޅުވި އެވެ.
އުމަރު ނަސީރު ވިދާޅުވީ އަމާން ނުދޭނެ ކަމަށް ފުރަތަމަ ވިދާޅުވަމުން ގެންދެވި ކަމަށާއި ނަމަވެސް އެ ދުވަހުގެ 30: 8 އެހާކަންއިރު، ނަޝީދު އޭނާ އަށް ގުޅުއްވައި އަމާން ދެއްވަން ބޭނުންވާ ކަމަށް ވިދާޅުވެފައިވާ ކަމަށާއި، އަދި ދެން ދުވަހަކު ވެސް ސިޔާސީ ކަމެއްގައި ނޫޅޭނެ ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށް އުމަރު ވިދާޅުވި އެވެ.
"ނަޝީދު ގުޅުއްވައިފަ ވިދާޅުވީ މިހުރީ އިސްތިއުފާ ދޭން ތައްޔާރަށޭ. ތިމަންނަ ބޭނުންވަނީ ތިމަންނަ އާއި އާއިލާ ގެއަށް ނޫނީ އެހެންތާކަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށޭ. އަޅުގަނޑު ދެންނެވިން ތިކަން ހަމަޖެހޭނޭ އިސްތިއުފާ ދިނުމުގެ މަސައްކަތް ފައްޓަވާށޭ. އެ ވަގުތު އަޅުގަނޑުމެންގެ ފަރާތުން އެތަނަށް ވަދެވަޑައިގެން ހުންނެވި އަޚެއް ކައިރީ ބުނިން އެކަން ކުރިއަށް ގެންދަވާށޭ،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ގިނަ ބަޔަކާ އެކު، ޕާޓީގެ އިސް ބޭފުޅުން ވަނީ ވާހަކަ ދައްކަވައިފަ އެވެ. ވެރިކަން ބަދަލުވި ފަހުން ބޭއްވި ފުރަތަމަ އާންމު ޖަލްސާގައި އެ ޕާޓީގެ އިސް ބޭފުޅުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.

No comments:

Post a Comment