ފުވައްމުލަކު ހޯދަޑު ކައުންސިލްގެ ރައީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ފުވައްމުލަކު ހޯދަޑު ކައުންސިލްގެ ރައީސް
މުހައްމަދު އިބްރާހިމް (މޯޑު) މިއަދު މެންދުރު ފަހު 2:00 އެހާކަންހާއިރު
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ކައްޓެޅިއަށް މައުލޫމާތު
ދެއްވަމުން ފުވައްމުލަކު ޕޮލިސް ސްޓޭޝާން ހިންގެވުމާ ހަވާލުވެ ހުންނެވި
ސަބްއިންޕެކްޓަރ އަހުމަދު އިގްބާލު ވިދާޅުވީ މުހައްމަދު އިބްރާހިމް
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިމަހުގެ އަށެއްވީ ބުދަދުވަހު
ހަވީރު އެންޑީޕީއަށް ތާއިދު ކުރާބަޔަކު ޕޮލިސް ސްޓޭޝަން ކުރިމައްޗަށް
އެއްވެ އެތަނަށާއި ތަނުގައި ހުރި ބައެއްތަކެއްޗަށް އަދި ފުލުހުންނަށް
ގެއްލުންދިންމައްސަލަޔާއި ގުޅިގެންނެވެ. އެނާ ވިދާޅުވީ މުހައްމަދު
އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކޯޓުއަމުރަކާއި
އެކު ކަމުގައެވެ.
އަށްވަނަ ދުވަހުގެ މުޒާހަރާއާއި ގުޅިގެން
މިހާތަނަށް 18 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށް
ފުލުހުންގެ އޮފީހުން މައުލޫމާތު ދެއްވައެވެ. އަދި މީގެތެރެއިން އަށް މީހަކު
ގޭބަންދަށް ދޫކޮށްލާފައިވާކަމަށްވެސް މައުލޫމާތު ދެއްވައެވެ.

No comments:
Post a Comment